19ވަނަ މަޖިލީހުގެ ގަވާއިދު ކޮމިޓީ

ގަވާއިދު ކޮމިޓީ އުފެދިފައިވަނީ 11 ޖޫން 2019 ގައި ބޭއްވި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 6 ވަނަ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ ދަށުން މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ތަޢާރުފުކުރާ ގަވާއިދުތަކާއި އުސޫލުތަކާއި، ޢާންމުން ޢަމަލުކުރަންޖެހޭ އެންގުންތައް ތަޢާރުފުކުރަމުން ގެންދަނީ ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައިތޯ ބެލުމާއި، ގަވާއިދުތަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް ބެލުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާއިގެ (ހ) އިން (ކ) އަށް ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު، ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމެވެ. މީގެ އިތުރުން، އެ އިދާރާތަކުން ހުށަހަޅާ ގަވާއިދުތައް ދިރާސާކޮށް، ފުރިހަމަކޮށް، އެކަންކަމުގައި ކުރިއަށް ދެވިދާނެގޮތުގެ ލަފާދިނުމާއި، އެ އިދާރާތަކާއި ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުން
އަޙްމަދު ޢާމިރު

މުޤައްރިރު

ކުޑަހުވަދޫ ދާއިރާ

MDA | އިތުރަށް ވިދާޅުވޭ

އިކްރާމް ޙަސަން

މުޤައްރިރުގެ ނައިބު

ދިއްގަރު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޖަމްޝީދު މުޙައްމަދު

ކުޅުދުއްފުށި ދެކުނު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އިބްރާހިމް ނަޞީރު

މުލަކު ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

މުޙައްމަދު ނިހާދު

ފޭދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އިބްރާހިމް މުޢިއްޒު

ހެންވޭރު އުތުރު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޢަލީ ޢާޡިމް

މެދުހެންވޭރު ދާއިރާ

DEM | އިތުރަށް ވިދާޅުވޭ

މުޙައްމަދު ރަޝީދު

މައްޗަންގޮޅި އުތުރު ދާއިރާ

DEM | އިތުރަށް ވިދާޅުވޭ

ޔާސިރު ޢަބްދުއްލަޠީފް

ކުޅުދުއްފުށި އުތުރު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ކުރީގެ މެންބަރުން
އަޙްމަދު ޠާރިޤް

މަހިބަދޫ ދާއިރާ

PPM | އިތުރަށް ވިދާޅުވޭ

މޫސާ ސިރާޖު

ފޮނަދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

މުޙައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އިބްރާހީމް ޝަރީފް

ކެލާ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ކޮމިޓީގައި މިހާރު ހުރި މަސައްކަތްތައް / މައްސަލަތައް
18 އޭޕްރީލު 2024 - ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުމާގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
20 އޭޕްރީލު 2023 - ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުމާގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
17 އޭޕްރީލު 2023 - ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 ގައި ހިމެނޭ ގަވާއިދުތަކުގެ މުއްދަތް އިތުރުކުރުމާގުޅޭ މައްސަލަ
14 މާރިޗު 2023 - އެއްގަމު އުޅަނދުތައް ރަޖިސްޓަރީކުރުމުގައި ޢަމަލުކުރަމުންދާ އުސޫލަކީ ޤާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ އުސޫލެއްތޯ ސާފުކުރުމަށް
14 މާރިޗު 2023 - ކޮމިޓީގައި ނުނިމިހުރި މައްސަލަތައް
އިތުރު މަސައްކަތްތައް / މައްސަލަތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA