19ވަނަ މަޖިލީހުގެ މެންބަރުން

ޙިސާން ޙުސައިން

ތުޅާދޫ ދާއިރާ

މެންބަރުގެ ތަޢާރުފް

އަލްއުސްތާޛާ ޙިސާން ޙުސެއިންއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެންބަރެވެ. އަދި ޙިސާންއަކީ މި ވަގުތު ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ ރައީސެވެ.

މީގެ އިތުރުން، އަލްއުސްތާޛާ ޙިސާން ޙުސެއިންއަކީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރެއްވެސް މެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާކުރައްވަމުން ގެންދަވާ ސަބް ކޮމިޓީގައިވެސް ޙިސާން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މެންބަރު ކުރައްވާފައިވާ ޚިދުމަތް

އަލްއުސްތާޛާ ޙިސާން ޙުސެއިން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުންނެވެ.

އަލްއުސްތާޛާ ޙިސާން ޙުސެން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދުގެ ރައީސްކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެޑްވައިޒަރުކަމާއި ކެބިނެޓް ސެކްރެޓަރީގެ މަޤާމު އަދާކުރެއްވިއެވެ. އަލްއުސްތާޛާ ޙިސާން ޙުސެއިންއަކީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރެވެ. އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުކަންވެސް ކުރެއްވި ބޭފުޅެކެވެ.

ޝާމިލްވެލައްވާ ބައެއް މަސައްކަތްޕުޅުތައް
  • މެންބަރަށް ގުޅުއްވުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA