19ވަނަ މަޖިލީހުގެ މެންބަރުން

ރޮޒައިނާ އާދަމް

އައްޑޫމީދޫ ދާއިރާ

މެންބަރުގެ ތަޢާރުފް

އަލްފާޟިލާ ރޮޒައިނާ އާދަމްއަކީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރެވެ. އަދި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މެންބަރެކެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން މަޖިލީހުން އެކުލަވާލަންޖެހޭ ގަވާއިދާ ގުޅޭގޮތުން އެ ގަވާއިދު އިޞްލާޙުކުރެއްވުމަށް އެކުލަވާލެވުނު 11 މެންބަރުންގެ ވަގުތީ ކޮމިޓީގައިވެސް އަލްފާޟިލާ ރޮޒައިނާ މަސައްކަތް ކުރެއްވިއެވެ.

މެންބަރު ކުރައްވާފައިވާ ޚިދުމަތް

އަލްފާޟިލާ ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 2009 ވަނަ އަހަރުގައެވެ. އެއަށްފަހު 2014 ވަނަ އަހަރު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތެވެ. އަދި މިހާރު ފުރުއްވަމުންގެންދަވާ އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގަތީ 2019 ވަނަ އަހަރުގައެވެ. މިއީ އެކަމަނާ ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ 3 ވަނަ ދައުރެވެ.

ޝާމިލްވެލައްވާ ބައެއް މަސައްކަތްޕުޅުތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA