19ވަނަ މަޖިލީހުގެ މެންބަރުން

ޢަލީ ނިޔާޒް

ހުޅުމާލެ ދާއިރާ

މެންބަރުގެ ތަޢާރުފް

ޢަލީ ނިޔާޒަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އުފެއްދީއްސުރެ އެޕާޓީގައި ދެމިހުންނެވި ބޭފުޅެކެވެ. އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުގައި މިހާރުވެސް ހުންނެވި ނިޔާ ވަނީ އިސް ގިނަ މަގާމުތަކެއް އަދާކުރައްވައިފަ އެވެ.

މަޖީދިއްޔާގައި ތައުލީމު ހާސިލްކުރެއްވި އިރު އޭނާއަކީ އޭރު އުފެދުނު މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. ސްކޫލް ނިންމެވުމަށް ފަހު 12 އަހަރު ޓޫރިޒަމް ދާއިރާގައި އުޅުއްވި އެވެ. އެގޮތުން އޭރު ޓޫރިޒަމްގެ ބޮޑު ކުންފުންޏެއް ކަމަށްވާ ސަފާރީ ޓުއާސްގެ ފައިނޭންސް ބައިގެ މެނޭޖަރުކަން ކުރެއްވި އެވެ.

މެންބަރު ކުރައްވާފައިވާ ޚިދުމަތް

ނިޔާ ސިޔާސީ މަސައްކަތްތައް ފެއްޓެވީ ބޭބޭފުޅު އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހުގައި އެމްޑީޕީންނެވެ. ދެ ބޭފުޅުންނަކީވެސް އެމްޑީޕީ އުފެއްދީއްސުރެ އެޕާޓީގެ ހަރަކާތްތެރިންނެވެ.

އެގޮތުން އެޕާޓީގެ އުތުރު ޕްރޮވިންސްގެ ރައީސް ކަމާއި ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުވެސް އޭނާ އަދާކުރެެއްވި އެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޕްރޮވިންސްތަކުގެ ތެރެއިން އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުކަން ތިން އަހަރު ކުރެއްވި އެވެ.

  • މެންބަރަށް ގުޅުއްވުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA