19ވަނަ މަޖިލީހުގެ މެންބަރުން

ޢަލީ ޢާޡިމް

މެދުހެންވޭރު ދާއިރާ

މެންބަރުގެ ތަޢާރުފް

ޢަލީ ޢާޡިމް އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އަދި 19 ވަނަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ އިތުރުން ގަވާއިދު ކޮމިޓީގެ މެންބަރެކެވެ.

މެންބަރު ކުރައްވާފައިވާ ޚިދުމަތް

ޢަލީ ޢާޡިމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ 2009 ވަނަ އަހަރުގައެވެ. އެއަށްފަހު 2014 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތެވެ. 2019 ވަނަ އަހަރު މެދު ހެންވޭރު ދާއިރާގެ ގޮނޑިކާމިޔާބު ކުރެއްވުމާއެކު ޢަލީ ޢާޡިމް ވެވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ޖެހިޖެހިގެން 3 ވަނަ ދައުރު ފުރިހަމަ ކުރައްވާ މަދު މެންބަރުންގެ ތެރޭގައެވެ.

ސިޔާސީ ދާއިރާއަށް ނިކުންނެވުމުގެ ކުރިން، ޢަލީ ޢާޡިމް އަކީ މަދަރުސީ ހަޔާތާއި ޒުވާންއިރުން ފެށިގެންވެސް ފުޓްބޯޅައިގެ މައިދާނުގައި ވިދާލި ބޭފުޅެކެވެ. ޢަލީ ޢާޡިމް ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުއްވުމުގެ އިތުރުން ޓީމު ހިންގުމުގައިވެސް އެތައް އަހަރުތަކެއް ހޭދަ ކުރައްވާފައެވެ. އަދި އެ ޓީމުގެ ޗެއާމަންކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

ދިވެހި ފުޓުބޯޅައަށް ކޮށްދެއްވި ޚިދުމަތްތަކުގެ ތެރޭގައި ޤައުމީ ފުޓުބޯޅަ އެސޯސިއޭޝަންގެ ފުރަތަމަ އިންތިޚާބު ކާމިޔާބުކޮށް އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމު ޢަލީ ޢާޡިމް ފުރުއްވިއެެވެ. މީގެ އިތުރުން، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަންވެސް ޢަލީ ޢާޡިމްވަނީ ކުރައްވާފައެވެ.

ޝާމިލްވެލައްވާ ބައެއް މަސައްކަތްޕުޅުތައް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA