ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/1/2019

ޚާޒިރީ

87 މެންބަރުން ތަފްސީލް

ތާރީހު

އަންގާރަ 28 މޭ 2019 22:00

ތަން

ރައްޔިތުންގެ މަޖިލިސް

ދައުރު

2019ވަނަ އަހަރުގެ ދެވަނަ ދައުރު

ޖަލްސާގެ ޚުލާސާ

މިޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވި ވަޑައިގަތް މެންބަރުން ހުވާ ކުރެއްވުމަށްފަހު 19 ވަނަ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސް ހޮއްވަވާފައެވެ. އެގޮތުން މި ވޯޓް ލާފައިވަނީ ޤާނޫނުއަސާސީގެ ދަށުން ވަކި ދެ ސިއްރު ވޯޓެއްގެ ގޮތުގައެވެ. ރައީސް ނަޝީދު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ މިދިޔަ ދައުރުގެ ރައީސް ގާސިމް އިބްރާހީމްއާއި ވާދަކުރައްވައި 67-17 ވޯޓުން އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި އީވާ އަބްދުﷲ އަކީ އެ މަޤާމް ފުރުއްވާނެ ދެ ވަނަ އަންހެން މެމްބަރެވެ. އެ ޝަރަފް އެންމެ ފުރަތަމަ ލިބިވަޑައިގަތީ އޮގަސްޓް 2008 އިން މޭ 2009 ގެ ނިޔަލަށް ނައިބް ރައީސްކަން ކުރެއްވި އަނީސާ އަހުމަދަށެވެ.

ޖަލްސާގައި ކުރެވުނު މަސައްކަތްތައް
މަޖިލީހުގެ ރައީސަކާއި ނައިބު ރައީސަކު މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް 5 މެންބަރުންގެ މައްޗަށް އެކުލަވާލެވޭ ކޮމިޓީއެއް ހޮވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުކުރުމަށް އެދިވަޑައިގަންނަވާ މެންބަރުންގެ ނަންފުޅުތައް ހުށަހަޅުއްވައި ތާއީދުކުރެއްވުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުމަށް ނަގާ ސިއްރު ވޯޓު ނެގުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުމަށް ނެގުނު ސިއްރު ވޯޓުގެ ނަތީޖާ ސާފުކޮށް އިޢުލާންކުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބުކުރުމަށް ނަގާ ސިއްރު ވޯޓު ނެގުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބުކުރުމަށް ނެގުނު ސިއްރު ވޯޓުގެ ނަތީޖާ ސާފުކޮށް އިޢުލާންކުރުން ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލަ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ
ޖަލްސާ ބެއްލެވުމަށް

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA