ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

17 ޖޫން 2019 10:00

ނަންބަރު

2

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ ހިންގާ ގަވާއިދު އެކުލަވާލެއްވުމުގެ މަސައްކަތެވެ. މިގޮތުން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގެ ހިންގާ ގަވާއިދުގެ ޑްރާފްޓާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ މެންބަރުންގެ އަދަދު 13 އަށް އިތުރުވެފައިވާތީ، ހިންގާ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރެއްވިއެވެ. 5. (ށ) މި ގަވާއިދަށް ޢަމަލުކުރަން ފެށޭއިރު ކޮމިޓީގެ ޤާނޫނީ ޢަދަދެއްކަމުގައި ކޮމިޓީން ކަނޑައަޅާފައިވަނީ، ކޮމިޓީގައި ހިމެނޭ 5 (ފަހެއް) މެންބަރުންނެވެ. އަދި ކޮމިޓީގައި ކަންކަން ނިންމޭނެ އަޣުލަބިއްޔަތުކަމުގައި ކަނޑައަޅާފައިވަނީ 7 (ހަތެއް) މެންބަރުންނެވެ. އަދި ހިންގާ ގަވާއިދުގައި، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ވަކިކުރެވޭނެ ގޮތެއް ބަޔާންވެފައި ނެތްކަން ފާހަގަކުރައްވާ، އެކަމަށް ރިޢާޔަތްކުރެއްވުމުގެ ގޮތުން 4 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރެއްވިއެވެ. 4. (ބ) ކޮމިޓީގެ މުޤައްރިރު ނުވަތަ މުޤައްރިރުގެ ނައިބު ވަކިކުރުމަށް ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މެންބަރުން ހުށަހަޅައިފިނަމަ އެކަމަށް ވޯޓަށް އަހަންޖެހޭނެއެވެ. ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން މުޤައްރިރު ނުވަތަ މުޤައްރިރުގެ ނައިބު ވަކިކުރުމަށް ފެނިއްޖެނަމަ ކޮމިޓީގެ މުޤައްރިރު ނުވަތަ މުޤައްރިރުގެ ނައިބު ވަކިވީއެވެ. ކޮމިޓީގެ ހިންގާ ގަވާއިދަށް އިސްވެ ދެންނެވުނު އިޞްލާޙުތައް ގެންނެވުމަށްފަހު، ގެނެވުނު އިޞްލާޙުތަކާއެކު ހިންގާ ގަވާއިދު ފާސްކުރެއްވުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން، އިޞްލާޙުތަކާއެކު މިހާރު ގަވާއިދު އޮތްގޮތް ރަނގަޅުކަމަށް ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
17 ޖޫން 2019 - ކޮމިޓީގެ ހިންގާ ގަވާއިދު ފާސްކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA