ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

8 ފެބްރުއަރީ 2021 14:05

ނަންބަރު

2

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއަށް ޤާނޫނާ ޚިލާފަށް 149 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް، ގދ.ހުޅުވާރުލު ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ބެހެއްޓުމުގެ ކުށުގައާއި އެކަމުގައި ބައިވެރިވުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް އެ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާކުރެއްވިއިރު އެ މައްސަލައިގެ ތަޙްޤީޤު ފުރިހަމަވެފައިނުވާތީއާއި، އެ މައްސަލައިގެ އިޚްތިޞާޞް ނެތް ކޯޓަކަށް އެ މައްސަލަ ހުށަހަޅުއްވާފައިވުމުންނާއި، އެހެން ކޯޓަކަށް އެ މައްސަލައިގެ ދަޢުވާކުރެއްވިއިރު އެފަދަ މައްސަލަތަކުގައި ދަޢުވާކުރުމަށް ޤާނޫނުން ލާޒިމުކޮށްފައިވާ މުއްދަތު ފާއިތުވެފައިވާކަމަށް މަޢުލޫމާތު ލިބޭތީއާއި، އަދި އެކަމުގެ ސަބަބުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އެފަދަ ބޮޑު މައްސަލައެއް ކޯޓުތަކުން ބޭރުކޮށް، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ކޯޓުން ޢަމުރުކުރައްވާފައިވާކަމަށް ބަޔާންކުރައްވައި، ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާ ބައްދަލުކޮށް މައުލޫމާތު ސާފުކުރެއްވިއެވެ. މީގެއިތުރުން، އެހެނިހެން މައްސަލަތަކުގެ ތެރެއިން، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމުގެ މައްސަލައިގެ ސުންގަޑި ކަނޑައެޅުއްވިއެވެ. އެގޮތުން ކޮމިޓީގެ މެންބަރުންނަށް އެއްބަސްވެވިފައިވަނީ މައްސަލަ ނިންމުމުގެ ސުންގަޑިއެއްކަމަށް 16 ފެބްރުއަރީ 2021 އެވެ. އަދި ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު 14 ފެބްރުއަރީ 2021 ގެ ނިޔަލަށް ކޮމިޓީން ނިންމިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
14 ޖެނުއަރީ 2021 - 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ
8 ޖެނުއަރީ 2021 - ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މެންބަރެއް ޢައްޔަނުކުރުމުގެ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA