ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

31 މާރިޗު 2021 11:05

ނަންބަރު

20

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2008/13 (އެންޓ-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތްކުރިއަށް ގެންދެވިއެވެ. މިގޮތުން، ޖުޑީޝަރީ ކޮމިޓީއިން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބުގެ ބިލަށް ގެނެވުނު ބަދަލާއެކު މި ބިލު ފާސްކުރެއްވުމަށް ކޮމިޓީއަށް އެވަގުތު ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު ކުރިއަށް ގެންދާނެގޮތާމެދު މަޝްވަރާކުރެވުނެވެ. މިގޮތުން މި ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑި އަކީ 22 އޭޕްރިލް 2021 ކަމަށާއި 11 އޭޕްރިލް 2021 ގެ ނިޔަލަށް ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލަށް ހުޅުވާލުމަށް ނިންމެވިއެވެ. އަދި ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސިވިލް ސަރވިސް ކޮމިޝަން އަދި އެޓަރނީ ޖެނެރަލް އޮފީހުގެ ކަމާގުޅޭ ބޭފުޅުންނާ 12 އޭޕްރިލް 2021 ގައި ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA