ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

19 އޭޕްރީލު 2021 11:05

ނަންބަރު

22

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލްސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަން އަދި އެޓަރނީ ޖެނެރަލްގެ އޮފީހާ ބައްދަލުކުރެއްވިއެވެ. މިގޮތުން، އެ ބިލުގެ ވަކިވަކި މާއްދާތަކަށް އެ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެ ފަރާތްތަކުން ގެންނަ ފެންނަ އިސްލާޚުތަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބައެއް މާއްދާތަކަށް އެޓަރނި ޖެނެރަލް އޮފީހުން ޑްރާފްޓްތައްޔާރުކޮށް ކޮމިޓީއަށް ފޮނުއްވުމަށްވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA