ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

24 ޖޫން 2019 11:05

ނަންބަރު

5

2019 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ކޮމިޓީއަށް ފޮނުއްވާފައިވާ ޤާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނު) އަށް .. ވަނަ އިޞްލާހު ގެއަނުމުގެ ބިލާއި، ޤާނޫނު ނަންބަރު 3/2011 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) އަށް .. ވަނަ އިޞްލާހު ގެއަނުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އޮގުތުން، ބިލުތަކާ ގުޅޭގޮތުން އަންނަނިވި ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. 1. ދިވެހިރާއްޖޭގައި ޔުނިވަރސިޓީތަކުގެ ޗާންސެލަރުންގެ މަޤާމު ފުރުއްވާފައިވާ ބޭފުޅުން؛ 2. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބޭފުޅުން؛ 3. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުން؛ 4. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޭފުޅުން؛ 5. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ބޭފުޅުން؛ 6. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA