ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

10 ޖުލައި 2019 11:00

ނަންބަރު

16

2019 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި، ކޮމިޓީއަށް ފޮނުއްވާފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެވުނެވެ. އެގޮތުން، ބިލުގެ ސުންގަޑިއަކީ 24 ޖުލައި 2019 ކަމުގައި ފާސްކުރެއްވުމަށްފަހު، ބިލާ ގުޅެގޮތުން ޚިޔާލު ހޯދުމަށާއި، ބިލާ ގުޅުން ހުރި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮަށް، ބިލާމެދު މަޝްވަރާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. ކޮމިޓީން ބައްދަލުކުރައްވަން ނިންމަވާފައިވަނީ، 17 ޖުލައި 2019 ގައި، ބިލާ ގުުންހުރި 6 އިދާރާއަކާއެވެ. މީގެ އިތުރުން، ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ އިދާރާތަކުގެ މަސައްކަތްތައް ދިރާސާކުރުމުގެގޮތުން އެ އިދާރާތަކާ ބައްދަލުކުރެއްވުމަށްވެސް މި ބައްދަލުވުމުގައިވަނީ ކޮމިޓީންވަނީ ނިންމަވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA