ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

20 އޯގަސްޓު 2019 10:35

ނަންބަރު

34

2019 ވަނަ އަހަރުގެ 34 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ވެށިފެހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅިފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރާމެދު މަޝްވަރާކުރެއްވުމެވެ. އެގޮތުން، އެ ޤަރާރާމެދު މަޝްވަރާކުރެއްވުމަށްފަހު އެ ޤަރާރު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އެ ބިލު ކޮމިޓީން ފާސްކުރެއްވުމުގެ ކުރިން ބިލާ ގުޅޭގޮތުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫނާ ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި، އެ ބިލުގެ 22 ވަނަ މާއްދާގެ (ބ) އާއި 54 ވަނަ މާއްދާގެ (ރ) އިޞްލާހުކުރައްވައި ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA