ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

26 އޯގަސްޓު 2019 10:15

ނަންބަރު

37

2019 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި އެޖެންޑާކޮށްފައިވަނީ، ކޮމިޓީގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ވުޒާރާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ކޮމިޓީން ހޯއްދަވާފައިވާ މަޢުލޫމާތު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ ކޮންމެ މެންބަރަކަށް ވުޒާރާއެއް ޙަވާލުކުރެއްވިއެވެ. 1. މިނިސްޓްރީ އޮފް އެޑިއުކޭޝަން - ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް. 2. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން - ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް. 3. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް - ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް. 4. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ - ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން. 5. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް. 6. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ - ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް / ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު. 7. މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް - ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ. 8. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ - ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ. 9. އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް - ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA