ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

15 އޮކްޓޯބަރު 2019 12:30

ނަންބަރު

37

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 37 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، 14 އޮކްޓޫބަރު 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 52 ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 2 ވަނަ އިޞްލާހުގެނައުމުގެ ޤާނޫނާ ގުޅިގެން، އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެ މައްސަލަ ކޮމިޓީން ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމެވެ. އެގޮތުން، މި މަސައްކަތް ނިންމާނެ ސުންގަޑިއަކީ 5 ނޮވެމްބަރު 2019 ކަމުގައި ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އިޤްތިޞާދީ ކޮމިޓީއަށް މި މައްސަލަ ދިރާސާކުރެއްވުމަށް ފޮނުއްވުމާއެކު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަނުކުރާ މީހެއްގައި ހުންނަންޖެހޭކަމަށް ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް، އިސްވެ ދެންނެވި ފަރާތްތަކުގައި ފުރިހަމަވޭތޯ ބެއްލެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން 4 (ހަތަރެއް) މުވައްޒަފުންގެ މައްޗަށް ޕެނަލެއް އެކުލަވާލެވުނެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކާމެދު ޢާންމުންގެ ޝަކުވާއެއްވޭތޯ ބެއްލެވުމަށްޓަކައި ޢާންމުކޮށް އިޢުލާނުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA