ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

22 އޮކްޓޯބަރު 2019 09:30

ނަންބަރު

40

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 40 ވަނަ ބައްދަލުވުން

ޚުލާސާ

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތައް، އެ މަޤާމުގެ ޝަރުޠު ފުރިހަމަވޭތޯ ބެއްލެވުމަށްޓަކައި، އިޤްތިޞާދީ ކޮމިޓީގެ އެދިވަޑައިގަތުގެމަތިން، މި ރިޕޯޓުގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މަޢުލޫމާތުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅާއެކު ފޮނުއްވާފައިވާ މަޢުލޫމާތުތަކާއި ލިޔެކިޔުންތަކަށް ބެއްލެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ހުރިހާ ފަރާތްތަކެއްގައިވެސް، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 9 ވަނަ މާއްދާގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރާ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޞިފަތައް ފުރިހަމަވާކަމަށް ކޮމިޓީން އެކުލަވާލައްވާފައިވާ ޕެނަލްއިން ކޮމިޓީއަށް ލިޔުމުން ހުށަހެޅުއްވުމުން، އެ ފަރާތްތަކާ އިންޓަރވިއުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޝަނަރ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަޢްޔަނުކުރުމަށްޓަކައި އިންޓަރވިއު ކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ކުރިމަތިލައްވާފައިވާ އަލްފާޟިލް ފަތުހުﷲ ޖަމީލްއާ އިންޓަރވިއު ކުރެއްވިއެވެ. މި ބައްދަލުވުމުގައި އަލްފާޟިލް ފަތުހުﷲ ޖަމީލްގެ ރެފަރެލްއެއްގެ ގޮތުގައި އަލްއުސްތާޛު ޙުސައިން ސިރާޖު ބައިވެރިވެވަޑައިގެން، ކޮމިޓީގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA