މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް (ދަފްތަރު ނަންބަރު 4336) އަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ މަޤާމަށް އައްޔަންކުރަން ފެންނަކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވުމުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު އެ ހުށަހެޅުއްވުމަށް ތަޢީދުކުރެއްވިއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެލެއްވި 08 މެންބަރުންގެ އިއްތިފާގުން މިނިސްޓަރ އޮފް ޓޫރިޒަމް ގެ މަޤާމަށް ޢަބްދުﷲ މަޢުޞޫމް (ދަފްތަރު ނަންބަރު 4336) އައްޔަނުކުރެއްވުމަށް ކޮމިޓީއަށް ފެންނަކަމަށް ފާސްކުރެވުނެވެ.
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA