ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

31 އޯގަސްޓު 2020 21:00

ނަންބަރު

23

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2020 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، 30 އޮގަސްޓު 2020 ވަނަ ދުވަހު މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް (ދަފްތަރު ނަންބަރު 4336) އަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައެވެ. އެގޮތުން، މިމައްސަލައާއި މެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުޞަތުގައި ދިއްދޫ ދާއިރާގެ މެންބަރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް (ދަފްތަރު ނަންބަރު 4336) މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޢައްޔަންކުރައްވުމަށެވެ. މިހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ 11/10 އަޣުލަބިއްޔަތުން މިހުށަހެޅުން ވަނީ ފާސްވެފައެވެ. އެއަށްފަހު، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވައި ތާއީދުކުރައްވައި ހުށަހަޅުއްވާފައިވަނީ، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޢައްޔަންކުރުމަށް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އަށް ރުހުން ދިނުމަށްފަހު، ޓުއަރިޒް ދާއިރާގެ ތަސައްވުރާއި ކުރިއަށް ރާއްވާފައިވާ ކަންކަމާއި ގުޅޭ ގޮތުން ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށެވެ. މިހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ 11/7 އަޣުލަބިއްޔަތުން މިހުށަހެޅުން ވަނީ ފާސްވެފައެވެ. މިނިސްޓަރާއިއެކު ބޭއްވޭ ބައްދަލުވުމުގައި ސާފުކުރުމަށް ބޭނުންވާ ބައެއް ކަންކަމަކީ؛ •ކޮވިޑް 19 އާއި ގުޅިގެން ޓުއަރިޒަމް ދާއިރާގެ ކަންކަން ރޭވިފައިވާގޮތާއި، ސްޓެޓިސްޓިކްސް އަދި އަންދާޒާކުރާ ގޮތާއި، ކުރިއަށް އޮތްތަނުގައި ޓުއަރިޒަމްގެ ކަންކަމުގެ ތެރޭގައި ހިމެނޭ ގެސްޓް ހައުސްވިޔަފާރިތައް ހުޅުވުމާއި ރިޒޯޓުތައް ހުޅުވުމާއި، މިކަންކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ތަސައްވަރު އަދި ސަރުކާރުގެ ޕޮލިސީތަކާއި ގުޅޭ ގޮތުން މައުލޫމާތު. •ޓުއަރުޒަމް ދާއިރާގައި ހަދަން ފެށިފައިވާ ނަމަވެސް ނުނިމި ގިނަދުވަސްތަކެއްވެފައިވާ ރިޒޯޓުތަށް ނުނިމިވާ ސަބަބު އަދި ހައްލުކުރުމަށް ކުރެވުދާނެ ކަންކަން. •ޓުއަރިޒަމް ދާއިރާގައި ހިމެނޭ ބައެއް ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ނަމަވެސް މިހާތަނަށް ދައްކާފައިނުވާ ފަރާތްތަކާއި އަދަދުތައް ސާފުކުރުން. •އަތޮޅުތެރޭގެ ރަށްރަށުގައި ޓުއަރިޒަމްގެ ކަންކަން ތަރައްޤީކުރުމުގައި މިނިސްޓްރީގެ ވިސްނުން، ޙާއްޞަކޮށް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ގެންގުޅުއްވާ ސިޔާސަތާއި ވިސްނުން. • ރަށްރަށުގައި ސިޓީ ހޮޓާ ގެ ކަންކަމާއި އަތޮޅުތެރޭ ރަށްރަށަށް ލޯކަލްޓޫރިޒަމް ތެރެއަށް ވަނުމަށް ހުރި ފުރުޞަތުތައް ސާފުކުރުމަށް. •ކޮވިޑް 19 ގެ ހާލަތުން އަރައިގަނެ ރާއްޖޭގެ ޓުއަރިޒަމް ރަނގަޅުކުރުމަށް މިހާރަށް ވުރެ ބޮޑަށް މާކެޓިންގ ކުރުމުގައި ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު •އަދި ކުރިއަށް ގޮތްތަނަށް ޓުއަރިޒަމް ދާއިރާގެ އަންދާޒާތައް ސާފުކުރުން.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA