ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

23 އޮކްޓޯބަރު 2019 09:30

ނަންބަރު

44

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 44 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަޢްޔަނުކުރުމަށްޓަކައި އިންޓަރވިއު ކުރެއްވުމުގެ މަސައްކަތެވެ. ނަމަވެސް، މި ގަޑީގައި އިންޓަރވިއު ކުރެއްވުމަށް ނިންމަވާފައިވާ އަޙްމަދު ވާފިރު ގެ ބަލިހާލަތު ހުރިގޮތުން، އިންޓަރވިއު އަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެ ވަޑައިގެންފައިވާތީ، އެ ބޭފުޅާ އަށް އިތުރު ފުރުޞަތެއް ދެއްވުމާމެދު މަޝްވަރާކުރެއްވިއެވެ. މި ފުރުޞަތުގައި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ ހުށަހަޅުއްވައި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ތާއީދުކުރައްވާފައިވަނީ ކޮމިޓީން އަވަހަށް މިމަސައްކަތް ނިންމުމަށްޓަކައި، އަޙްމަދު ވާފިރުގެ އިންޓަރވިއު ރީޝެޑިއުލް ނުކުރުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ވަނީ ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާޤުން ވަނީ މި ހުށަހެޅުން ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA