ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

7 އޮކްޓޯބަރު 2019 11:00

ނަންބަރު

42

މާލިއްޔަތު ކޮމިޓީގެ 42 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ އޮޑިޓް ޤާނޫނުގައިވާ ގޮތުގެ މަތިން ފޮނުއްވާފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓާމެދު މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް ފިނޭންސްއިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ކަނޑައަޅުއްވާފައިވާ ސީލިންގ ލިމިޓް އަދި ޕީ.އެސް.އައި.ޕީގެ ގޮތުގައި އޮފީސް ޢިމާރާތް ހެދުމަށް ހިނގާ ޚަރަދުގެ ގޮތުގައި 55.75 މިލިއަން ރުފިޔާ ހިމަނުއްވާފައިވާތީ، މި ޢިމާރާތާއި ގުޅޭގޮތުން މިނިސްޓަރ ދެކެވަޑައިގަންނަވާ ގޮތް ސާފުކުރެއްވުމަށްވެސް ނިންމެވިއެވެ. 2. އެއަށްފަހު، މިނިސްޓްރީ އޮފް ފިނޭންސުން 15 އެމްބިއުލެންސް ހޯދުމަށް ކޮށްފައިވާ ބީލަމުގައި ދިމާވެފައިވާ މައްސަލައާ ގުޅޭގޮތުން އޭ.ޑީ.ކޭ. ޓްރޭޑް އެންޑް ޝިޕިންގގެ ފަރާތުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން، ބިޑިންގ ޕްރޮސެސްއާ ގުޅިގެން އެއްވެސް މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވޭތޯއާއި މިފަދަ މައްސަލައެއް ހުށަހެޅިފައިވާނަމަ، މައްސަލައިގެ މިހާރުގެ ސްޓޭޓަސް އަދި މައްސަލަ ކޮމިޝަނުން ބައްލަވައި ނިމޭނެ ތާރީޚެއް ސާފުކުރެއްވުމަށް އެ ކޮމިޝަނަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA