ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

6 އޯގަސްޓު 2019 11:00

ނަންބަރު

26

މާލިއްޔަތު ކޮމިޓީގެ 26 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2016، 2017 އަދި 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، އެ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވޭ ކަންތައްތައް، ކޮންމެ އަހަރެއްގެ ރިޕޯޓް ވަކިވަކިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ތަފްޞީލްކޮށްދެއްވިއެވެ. އަދި އެ ކޮމިޝަނުގެ 2013، 2014، 2015، 2016 އަދި 2017 އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވިފައިވާ މައްސަލަތައް ޙައްލުވެފައިވާކަމުން، ކޮމިޓީއިން މަޖިލީހުގެ ސަމާލުކަމަށް ގެންނަންޖެހޭ އިތުރު މައްސަލައެއް ނެތްކަމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA