ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

26 ޖޫން 2021 16:00

ނަންބަރު

33

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 33 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ނޫސްތަކުގައި ޚަބަރާއި މައުލޫމާތު ރިޕޯޓުކުރުމުގައި، ނޫސްވެރިކަމުގެ ޢާންމު މިންގަނޑުތަކާއި އަދި ޤާނޫނީ ހަމަތަކުގާ އެއްގޮތައް ރިޕޯޓުކުރުމަށް ބާރުއެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުސަތުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވައި ގަމުދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ޕްރިންޓް އަދި އޮންލައިން މީޑިއާތައް ރެގިއުލޭޓްކުރުމަށްޓަކައި ޤާނޫނުތަކުން އުފައްދާފައިވާ މުއައްސަސާތަކުގެ މަސައްކަތް އެއް މުއައްސަސާއަކަށް ބަދަލުކުރުމުގެ ގޮތުން އެޓަރނީ ޖެނެރަލް ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައިވާ ބިލު މިހާތަނަށްވެސް މަޖިލީހަށް ހުށަހަޅުއްވާފައި ނުވާތީ މި ބިލަކީ އާރޖަންޓްކޮށް ބޭނުންވާބިލެއްކަމުން ވީހާވެސް އަވަހަށް މިބިލު ނިންމަވައި މަޖިލީހަށް ފޮނުއްވައި ދެއްވުމަށް އަދި މި ބިލުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، މަޖިލީހަށް ހުށަހެޅޭނެކަމަށް ބެލޭ ތާރީޚާއި ، މިހާތަނަށް މި ބިލު ލަސްވެފައިވަނީ ކޮން ސަބަބަކާ ހުރެތޯ ސާފުކުރެވުމަށް ސިޓީ ފޮނުއްވުމަށް. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެ ވަގުތު ހާޒިރުވެވަޑައިން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން(8 ވޯޓު) މި ހުށަހެޅުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA