ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

23 އޮކްޓޯބަރު 2019 11:30

ނަންބަރު

45

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 45 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަޢްޔަނުކުރުމަށްޓަކައި އިންޓަރވިއު ކުރެއްވުމުގެ މަސައްކަތެވެ. ނަމަވެސް، މި ގަޑީގައި އިންޓަރވިއު ކުރެއްވުމަށް ނިންމަވާފައިވާ ހަމްދީ އަގީލް ގެ ނަން އަނބުރާ ގެންދަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޓީއަކުން އަންގަވާފައިވުމާއެކު، 22 އޮކްޓޫބަރު 2019 ވަނަ ދުވަހު ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަޢްޔަނުކުރުމަށްޓަކައި އިންޓަރވިއު ކުރެއްވި 2 ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމާމެދު ވޯޓަށް އެއްސެވިއެވެ. ކޮންމެ ނަންފުޅަކަށް ވަކިވަކިން ވޯޓަށް އެއްސެވުމާއެކު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 9 މެންބަރުންގެ އަޣުލަބިއްޔަތުން އަސްމާ ޝަފީޢު އަދި އިސްމާޢިލް ސާޖިދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމެވިއެވެ. މިއަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA