ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

5 ޖުލައި 2021 14:10

ނަންބަރު

34

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 34 ވަނަ ބައްދަލުވުން

ޚުލާސާ

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލާފައިވާ މައްސަލައިގައި ބައެއް މީޑިއާތަކުން 2019/19 (ކުޑަކުޑިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާ ޚިލާފަށް ރިޕޯޓުކޮށްފައިވާ މައްސަލައާއި ގުޅިގެން އެ މައްސަލަ ބައްލަވައި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތައް ދެނެގަތުމަށާއި އަދި، އިސްވެ ދެންނެވުނު މައްސަލައިގައި ބައެއް މީޑިއާތަކުން ޝާއިޢުކޮށްފައިވާ ޚަބަރުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ބައެއް މީޑިއާތައް ޖޫރިމަނާކޮށްފައިވާތީ، އެ މިނިސްޓްރީން އެޅުއްވި ފިޔަވަޅާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން 24 ޖޫން 2021 ގައި ނެރުއްވާފައިވާ ނޫސްބަޔާނާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރާ ގުޅޭގޮތުން ޙަޤީގަތާ ޚިލާފު ތުހުމަތުތަކެއްކޮށް 14 ޖޫން 2021 ވަނަ ދުވަހު ދިޔަރެސް ނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމާ ގުޅިގެން، އެމަނިކުފާނުގެ ސެކިއުރިޓީއާމެދު ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާކަމަށް ވިދާޅުވެ އެމަނިކުފާނުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނުރަސްމީކޮށް ހިއްސާކޮށްފައިވާތީ އެކަމާ ގުޅޭގޮތުން އެ ކައުންސިލް އާ މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
28 ޖޫން 2021 - މޯލްޑިވްސް މީޑިއާ ކައުންސިލްއާ ބައްދަލުކުރުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA