ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

28 ޖޫން 2021 14:05

ނަންބަރު

29

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 29 ވަނަ ބައްދަލުވުން

ޚުލާސާ

ދެން ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވަރނަންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭންސް ކޮމްޕެނީސް އަށް އިސްލާޙުގެނައުމަށް އެދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފޮނުއްވާފައިވާ ސިޓީ މައްސަލަ ހުށަހެޅުއްވި މެންބަރާ ޙިއްޞާކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން، މުދަލާއި ޚިދުމަތް ހޯދުމުގައްޔާއި، ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެ ކުންފުނީގެ ތެރޭގައި ހިނގާ ކަންތައްތަކުގެ މައްޗަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލައްވާފައިވާ ރިޕޯޓާ ގުޅޭގޮތުން ކޮމިޓީއަށް ލިބިފައިވާ މަޢުލޫމާތު ދިރާސާކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސްއިން އެ ރިޕޯޓާ ގުޅިގެން ފެނަކަ ކޯޕަރޭޝަނަށް އަންގާފައިވާ އެންގުންތަކާ އެއްގޮތަށް އެ ކުންފުނީގެ އުސޫލުތައް ބަދަލުކޮށްފާތީ، އެ މައްސަލައިގައި ކޮމިޓީން އިތުރު ފިޔަވަޅެއް ނާޅައި، މައްސަލަ ނިންމާލުމަށް ނިންމެވިއެވެ. މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ ޕްރޮކިއުމަންޓް ޕޮލިސީއާއި ޖޮބް ކްލަސިފިކޭޝަން ފްރޭމްވަރކްއަށް ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ޢަމަލުކުރަމުންދާ ގޮތް ބެލުމަށް ނިންމެވިއެވެ. މިގޮތުން ވަކިވަކި ކުންފުނިތަކުން އެ ޕޮލިސީތަކަށް ޢަމަލުކުރުމަށް ކުރެވެމުންދާ މަސައްކަތްތާއި، ގެނެސްފައިވާ ބަދަލުތަކުގެ ތަފްޞީލް ހޯދުމަށް އެދި އެ ބޯޑަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA