ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

5 އޯގަސްޓު 2019 11:00

ނަންބަރު

25

މާލިއްޔަތު ކޮމިޓީގެ 25 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މިނިވަން މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތަކުގެ ތެރެއިން ބައެއް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2013، 2014، އަދި 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވޭ ކަންތައްތައް، ކޮންމެ އަހަރެއްގެ ރިޕޯޓް ވަކިވަކިން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ތަފްޞީލްކޮށްދެއްވިއެވެ. އަދި މި ކަންތައްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ޖަވާބުދެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA