ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

16 އޯގަސްޓު 2021 12:35

ނަންބަރު

35

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 35 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަކަމަކަށް އެޖެންޑާ ކުރެވިފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމުގެ މައްސަލައިގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމެވެ. އެގޮތުން މި މައްސަލަ ދިރާސާ ކުރެއްވުމަށްޓަކައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން 3 މުވައްޒަފުންގެ ޕެނަލެއް އެކުލަވާލެވުނެވެ. އެއީ، ޙުސައިން ވަހީދު، ޝަހުޒާދު ސައީދު އަދި ފާތުމަތު ނަދާ އެވެ. އަދި އާންމުންގެ އެއްވެސް ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި 16 އޮގަސްޓް 2021 އިން ފެށިގެން 23 އޮގަސްޓް 2021 ގެ ނިޔަލަށް އިޢުލާން ކުރުމަށް ނިންމެވިއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢައްޔަނުކުރުމަށްޓަކައި ނަން ހުށަހެޅިފައިވާ ފަރާތްތަކާ އިންޓަވިއުކުރާނެ ތާރީޚަކީ 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަސްކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ ފަރާތްތަކާ އިންޓަވިއުކުރާނެ ތާރީޚަކީ 25 އޮގަސްޓް 2021 ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ތާޢީދުކުރެއްވިއެޗެ. މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ. އެއަށް ފަހު،އެހެނިހެންގެ ތެރެއިން އެއްވެސް ކަމެއް ހުށަހެޅުމަށް ފުރުސަތު ހުޅުވާލެއްވުމުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްއާ ގުޅޭގޮތުން ސީރިއަށް ތުޙުމަތުތަކެއް ކޮށްފައިވާތީ އެކަން ހިނގާފައިވާ ގޮތެއް ބެލުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހުށަހަޅުއްވާ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ތާޢީދުކުރެއްވިއެވެ. އެހެންކަމުން މި މައްސަލަ ދެން އަންނަ ދުވަހަކަށް އެޖެންޑާ ކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA