ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

31 އޯގަސްޓު 2021 11:00

ނަންބަރު

6

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2021 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބަލަމުންދާ ވަޒީފާއާބެހޭ މައްސަލަތަކުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން މަޢުލޫމާތު ޙިއްޞާކޮށްނުދީ އެއްބާރުލުންނުދޭ މައްސަލައާއި މެދު މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާރަ ކޮމިޓީގެ މަސްޢޫލިއްޔަތުގެ ދާއިރާގައި ހިމެނޭ މައްސަލައަކަށް ވެސް ވާތީ، އެ ކޮމިޓީން މިމައްސަލަ ކުރިއަށް ގެންދާ ގޮތެއް ސާފުކުރުމަށްފަހު، ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަދި ހިޔުމަން ރައިޓްސް އެންޑް ޖެންޑާރަ ކޮމިޓީގެ ސަބް- ކޮމިޓީ އެއް އެކުލަވާލުމަށްފަހު މި މައްސަލަ ދިރާސާކުރުމަށް ނިންމެވިއެވެ. ދެން ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުމުވާ، މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާއަށް ޙަވާލާދީ، ނަސަންދުރަ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ޗައިނާގެ ކުންފުންޏާ ދައުލަތާ ދެމެދު އެއްބަސްވެފައިވާ އެއްބަސްވުންތަކުގެ ވާހަކަ ރަސްމީ ލިޔުންތަކުން އެނގެން ނެތްކަމަށާއި އަދި އެއަރ މޯލްޑިވްސް ހިންގި އޮފީސް ޢިމާރާތް ތަޅާލައި ނަސަންދުރާގެ ބިމާ އެއްކޮށްލައިގެން މަސައްކަތްކުރިއަށްދާ ކަމަށް ބަޔާންކޮށް ފޮނުއްވާފައިވާ މައްސަލަ އާއި ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަންއިން އެ މައްސަލަ ތަޙްޤީޤްކޮށް ނިންމޭނެކަމަށް ލަފާކުރާ ތާރީޚެއް ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޕަރމަނަންޓް ސެކެރެޓަރީގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ބަޔާންކޮށް އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކެރެޓަރީ ފޮނުއްވާފައިވާ މައްސަލަ އާއި ގުޅިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްއާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA