ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

20 އޮކްޓޯބަރު 2021 11:00

ނަންބަރު

8

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2021 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދެވީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބަލަމުންދާ ވަޒީފާއާ ބެހޭ މައްސަލަތަކުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީން މަޢޫލޫމާތު ޙިއްޞާކޮށްނުދީ، އެއްބާރުލުންނުދޭކަމަށް ބަޔާންކުރައްވައި އެ ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، ރައްޔިތުންގެ މަޖލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުޤައްރިރު އެ ދެ މުއައްސަސާގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް އެކަމަށް ޙައްލެއް ގެނައުމަށް ފެނިވަޑައިގަންނަވާކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާއީދުކުރެއްވިގޮތަށް ކޮމިޓީން ނިންމިއެވެ. މީގެ އިތުރުން، އެހެނިހެން މައްސަލައެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ޓްރާންސްޕޯޓް އޮތޯރިޓީން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަރަށް ގިނަ މައްސަލަތަކެއް ދިމާވާކަމުގެ ޝަކުވާ ކޮމިޓީގެ ސަމާލުކަމަށް އައިސްފައިވާތީ، އެކަންކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރ ހިމެނޭގޮތުން، އެ މިނިސްޓްރީގެ ކަމާގުޅޭ ގޮތުން މަޢުލޫމާތު ދެއްވޭނެ ބޭފުޅުން އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ކޮމިޓީން ނިންމިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA