ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

4 ފެބްރުއަރީ 2020 13:50

ނަންބަރު

1

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖްންޑާ ކުރެވިފައިވަނީ ކޮމިޓީގެ ވޯކްޕްލޭންއާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމެވުން. މަޖިލީހުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މިނިވަންމުއައްސަސާތަކުގެ ކޮމިޓިން ބައްލަވަމުންގެންދަވާ ސިވިލްސަރވިސް ކޮމިޝަންގެ މެންބަރުންނާ މެދު ތުހުމަތުކުރެވޭ ކަންތައްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން 12 ފެބްރުއަރީ 2020 ވަނަ ދުވަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް އާ ބައްދަލުކުރެއްވުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ނިންމެވިއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާއި، އެ ކޮމިޝަނުން ބައްލަވައި ނިންމަވާފައިވާ މައްސަލަތަކާއި، އަދި ނުނިމި ހުރި މައްސަލަތަކުގެ ތަފްޞީލާއި، އެ މައްސަލަތައް ނުނިމިހުރި ސަބަބާއި، އެކޮމިޝަން ހިންގުމާއި އަދި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ހުރަސްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށާއި، އެކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ކޮމިޝަންތަކުގެ ޕާރފޯމަންސް އޮޑިޓެއް ކުރުމަށް ޕްރޮޕޯސަލް ހެދުމަށްވެސް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA