ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

12 ފެބްރުއަރީ 2020 12:50

ނަންބަރު

8

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމުގެ ފަރާތުން "ބުރަބި" ނަމުގައި ދަރުބާރުގޭގައި ބޭއްވި ޙަފްލާ އަދި މަޓާޓޯ އެވޯޑްސް ހުށަހަޅުއްވައިދެއްވާފައިވާތީ އެކަމާގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް އަލްފާޟިލް މަރިޔަމް ވަހީދާއާ ބައްދަލުކުރައްވާ އެކަން ހިނގާފައިވާގޮތް ސާފުކުރެއްވިއެވެ. މިގޮތުން، އެ ކޮމިޓީން ނިންމެވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދޭއެދުމަކީ ބްރޯޑްކާސްޓްކުރެވޭ އެއްވެސް ހަފްލާއެއްގައި ކޮމިޝަންގެ މެންބަރުކަމުގެ ހައިސިއްޔަތުން ނޫންގޮތަކަށް ބައިވެރިވެވަޑައިނުގަތުމަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސަށް ސިޓީއަކުން ދެންނެވުމަށެވެ. ކޮމިޓީގެ މި ނިންމުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
4 ފެބްރުއަރީ 2020 - މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާ ބައްދަލުކުރެެއްވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA