ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

17 ނޮވެމްބަރު 2021 15:25

ނަންބަރު

43

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 43 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރައްވިއެވެ. އެއަށްފަހު، ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާގުޅޭ މައްސަލަ ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ތިރީގައިވާގޮތަށް ނިންމުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވާފައެވެ. 1.1. ޤާނޫނު ނަންބަރު 2013/7 (ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އާއި، (ބ) ގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް ޢަމަލުކުރުން ފަސްކުރުމުގެ މުއްދަތު 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދިނުމަށް؛ 1.2. 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯވެފައި ހުންނަ މިންވަރު ސެކިއުރިޓައިޒްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒިންގ ބޮންޑަކަށް ބަދަލުކުރުމަށާއި، އަދި މި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް 2.5 (ދޭއް ޕޮއިންޓް ފަހެއް) ޕަސަންޓް ކަމުގައި ކަނޑައެޅުމަށް؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA