ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

22 ނޮވެމްބަރު 2021 13:40

ނަންބަރު

44

މާލިއްޔަތު ކޮމިޓީގެ 2021 ވަނަ އަހަރުގެ 44 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި ހުރި ކޮރަޕްޝަންގެ މިންވަރު ދެނެގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބޭރުގެ ކޮންސަލްޓަންޓާއެކު ކުރަމުންދާ ދިރާސާއާ ގުޅިގެން ދިރާސާއަށް ބޭނުންވާނެ މަޢުލޫމާތު ޙިއްސާކުރުމަށް ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން އެ ފަރާތާ ބައްދަލުކުރެއްވިއެވެ. އެގޮތުން އެ ދިރާސާގައި، ޞިއްހީ ދާއިރާއަށް ބޭނުންވާ މެޑިކަލް ސަޕްލައިސް އަދި އެހެނިހެން އިކުއިޕްމަންޓްސް ހޯދުމަށް މިހާރު ޢަމަލުކުރަމުންދާ އުޞޫލާއި، ޕްރޮކިއުމަންޓް ޕްރޮސެސްގައި ހުރި ލޫޕްހޯލްސްތަކަކީ ކޮބައިތޯ ބަލައި އެކަންތައްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރިކޮމެންޑޭޝަންސް ދެއްވުމަށް މެންބަރުން އެދިލެއްވިއެވެ. ކޮންސަލްޓަންޓް ދެއްކެވި ވާހަކަފުޅުގައި، މި ދިރާސާއަށް މަޢުލޫމާތު ހޯދުމަށް ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުންތައް ބާއްވައި، ލިބޭ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ރިކޮމެންޑޭޝަންސް ދޭނެކަމަށާއި، ދިރާސާގެ ފުރަތަމަ ހޯދުންތައް އަންނަ ހަފްތާ ތެރޭގައި ޙިއްޞާކުރެވޭނެކަމަށް ލަފާކުރާ ކަމަށާއި، ދިރާސާ ރިޕޯޓް އަންނަ އަހަރުގެ ކުރީކޮޅު ޙިއްސާކުރެވޭނެކަމަށް ވިދާޅުވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA