ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

16 ނޮވެމްބަރު 2021 13:40

ނަންބަރު

46

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2021 ވަނަ އަހަރުގެ 46 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީއަށް އައިސްފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މިގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަކި ވަކި މެންބަރުންނާއެކު ބައްދަލުކުރުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާ ޕާރފޯމަންސް އޮޑިޓް ހުށަހެޅުމުން، އެ އޮޑިޓް ބެލުމަށް ފަހު ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އަދި މި އިންކުއަރީގައި އޮޑިޓަރ ޖެނެރަލްގެ އެހީތެރިކަން ހޯދުމަށްވެސް ނިންމެވިއެވެ. އެއަށްފަހު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން، ޤާނޫނު ނަންބަރު 2015/27 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) އަށް އެ ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތައް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފައަކަށް ފޮނުވާ، އިސްލާހެއް ވާނަމަ 31 ޖެނުއަރީ 2022 ގެ ކުރިން މި ކޮމިޓީއަށް ހުށަހެޅުމަށް ދެންނެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA