ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

4 ފެބްރުއަރީ 2020 14:00

ނަންބަރު

2

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އެ ބޯޑުގެ ނައިބު ރައީސްކަމަށް ޢައްޔަންކުރައްވާފައިވާ އަލްފާޟިލް އާޞިމް މުޙައްމަދާ އިންޓަވިއު ކުރެއްވިއެވެ. އެއަށްފަހު، އެ ބޯޑުގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން ކޮމިޓީން ރުހުން ދެއްވަން ފެނިވަޑައިގަންނަވާ މެންބަރުންނަށް ވޯޓަށް އެއްސެވިއެވެ. މިގޮތުން މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ. މިގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް، ނައިބު ރައީސް އަދި މެންބަރުގެ މަޤާމުތަކަށް، ތިރީގައިވާ ފަރާތްތައް ޢައްޔަންކުރުމަށް މަޖިލީހުން ރުހުންދެއްވުމަށް ފެންނަކަމަށް، ކޮމިޓީގައި ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. އަލްފާޟިލް ޙަސަން ވަޙީދު އަލްފާޟިލް އާޞިމް މުޙައްމަދު އަލްފާޟިލާ ޢާއިޝަތު ޝާޒުލީ އަލްފާޟިލާ ރުޝާހާ އަޙްމަދު ޝަރީފް އަލްފާޟިލް ޢަލީ ޝަފީޢު އަލްއުސްތާޛު ޢަލީ ޝުޖާޢު އަލްފާޟިލް އަޙްމަދު ޝަރީފް ޔޫސުފް އެހެންނަމަވެސް ޤާނޫނީ ދާއިރާއިން ބޯޑަށް ޢައްޔަންކުރައްވާފައިވާ މެންބަރު އަލްއުސްތާޛް ޢަލީ ޝުޖާޢު އަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓު ދިން މެންބަރުންގެ 3/2 (ތިންބައިކުޅަ ދެބައި) ލިބިފައިފައިނުވާތީ، އެބޭފުޅާއަށް ރުހުންދޭން ފެނިވަޑައިނުގަންނަވާކަމަށް ކޮމިޓީން ނިންމެވިއެވެ. އަލްއުސްތާޛު ޢަލީ ޝުޖާޢު

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA