ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

5 ފެބްރުއަރީ 2020 13:30

ނަންބަރު

3

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޢައްޔަންކުރައްވާފައިވާ މެންބަރުންގެ ތެރެއިން އަލްއުސްތާޛު ޢަލީ ޝުޖާޢުއަށް ކޮމިޓީން ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް ނިންމަވާފައިވާ ނިންމެވުން އަލުން މުރާޖަޢާކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، އެ ބޭފުޅާގެ ޕަރފޯމަންސްއަށް ރިޢާޔަތްނުކޮށް ރުހުން ނުދިނުމަކީ ރަނގަޅުގޮތެއް ނޫންކަމަށާއި ޕަރފޯމްކުރަން ވަގުތު ދޭންޖެހޭކަމަށް ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެ ބޭފުޅާ ބޯޑުގެ މެންބަރުކަމަށް ޢައްޔަންކުރުމަށް މަޖިލީހުން ރުހުންދެއްވުމަށް ފެންނަކަމަށް، ކޮމިޓީގައި ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA