ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

19 ފެބްރުއަރީ 2020 14:10

ނަންބަރު

11

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުން އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާންކުރެއްވުމަށްފަހު އެ މައްސަލަ ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން މި މައްސަލާގައި ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުނަށް ލިޔުމުން ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް، ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި ފާސްކުރައްވާފައިވާ ތާރީޚު، އެ 4 މެންބަރުންނަށް 5 ދުވަހުގެ މުއްދަތަކާ އެކު ޖަވާބުދާރީ ވުމުގެ ފުރުސަތު އޮންނަ ގޮތަށް ލިޔުމުން ޖަވާބު ފޮނުވުމަށް އެންމެ ފަހުގެ ތާރީޚެއްގެ ގޮތުން 26 ފެބްރުވަރު 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ކަމުގައި މިއަދުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާ ބައްދަލުކޮށް ކޮމިޓީއަށް ސާފުކުރުމަށް ބޭނުންވާ އެ ކޮމިޝަނުން ތަހުޤީގު ކުރަމުންދާ ބައެއް މައްސަލަތަކާ ގުޅޭގޮތުންނެވެ. އެގޮތުން ކޮމިޓީން މައުލޫމާތު ސާފުކުރެވުނު މައްސަލަތަކުގެތެރޭގައި: 1.މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) ގެ ޚިޔާނާތާ ގުޅޭގޮތުން ތިޔަ ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް؛ 2.މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލްއިން ބައެއް ޓްރާންސް މޯލްޑިވްސް އެއަރވޭސް (ޓީ.އެމް.އޭ) އަށް ކުއްޔަށް ދިނުމާގުޅޭގޮތުން ތިޔަ ކޮމިޝަނުން އަޅައްވަމުން ގެންދަވާ ފިޔަވަޅުތައް؛ 3.ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކުން ހިންގަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހައުސިން ޔުނިޓްތަކާއި ފްލެޓް ޢިމާރާތްކުރުމާ ގުޅޭ އެއްވެސް މަޝްރޫޢެއް ކުރިޔަށް ގެންދިޔުން ތިޔަ ކޮމިޝަނުން ހުއްޓުވާފައިވާނަމަ، އެކަމުގެ މަޢުލޫމާތު؛ އަދި 4.ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ދަށުން ދިވެހި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ތިޔަ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހިންގާ ތަޙްޤީޤު ނިމެންދެން އެ މަޝްރޫޢެއް ހުއްޓުވުމަކީ އެކަމުގެ ސަބަބުން ސަރުކާރަށް ދަތިތަކެއް ދިމާވާކަމެއްކަމަށް ސަރުކާރުން ފާހަގަކުރައްވާކަމާއި، އެހެންކަމުން މިކަމުގައި ސަރުކާރަށް ދަތިނުވާގޮތަށް އެ މަޝްރޫޢެއް ކުރިއަށް ގެންދިޔުން ހުއްޓުވުމަކާނުލައި ތިޔަ ކޮމިޝަނުގެ ތަޙުޤީޤް ކުރިއަށް ގެންދެވޭނެ ގޮތަކާމެދު ކޮމިޝަންގެ ޚިޔާލު ހޯދާ މަޝްވަރާކުރުން.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA