ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2020 11:00

ނަންބަރު

6

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލް ކުއްޔަށްދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މަންޓާ އެއާގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ. މި މައްސަލައިގައި މަންޓާ އެއާ އިން ފާހަގަކުރައްވާފައިވާ ކަންތައްތައް: 1.1.1. މެއިންޓެނަންސް އެންޑް ރިޕެއަރ އޮޕަރޭޝަންސް ފެސިލިޓީ (އެމްއާރއޯ) ގެ ފުރިހަމަ ކޮންޓްރޯލް ވަކިފަރާތަކަށް ދިނުމަކީ ސީޕްލޭން އިންޑަސްޓްރީގެ ވަދާވެރިކަން ދަމަހައްޓައި، މިދާއިރާގައި އެހެނިހެން އޮޕަރޭޓަރުންގެ ދައުރު ފުޅާކުރުމަށް އެޅޭ ހުރަހެއްކަމަށް؛ 1.1.2. އައު ސީޕްލޭން ޓަރމިނަލްގެ ބޮޑުބައެއް ޓީއެމްއޭއަށް 15 އަހަރަށް ދިނުމަކީ މިހާރު މިދާއިރާގެ މަސައްކަތްކުރަމުން އަންނަ އޮޕަރޭޓަރުންނަށް، އެފަރާތުގެ މަސައްކަތްތައް ފުޅާކުރުމަށާއި އަދި އިންޑަސްޓްރީއަށް އައު އޮޕަރޭޓަރުން ވަނުމަށް އެޅޭ ހުރަހެއްކަމުން، މިގޮތަށް ޢަމަލުކޮށްފިނަމަ އިންޑަސްޓްރީގައި މޮނޮޕޮލީ ޕޮސިޝަން އުފެދުމަށް މަގުފަހިވެގެން ހިނގައިދާނެކަމަށް؛ 1.1.3. މުޅި އިންޑަސްޓްރީއަށްވެސް އެންމެފައިދާ ބޮޑުގޮތަކީ ލައުންޖުގެ ޚިދުމަތް އެމްއޭސީއެލްއިން ދިނުންކަމަށް؛ އަދި 1.1.4. އައު ސީޕްލޭން ޓަރމިނަލް ބޭނުންކުރާނެ ގޮތާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން މިވަގުތު ހުށަހަޅާފައިވާ ގޮތްތަކަކީ މިވަގުތު މި އިންޑަސްޓްރީ އެންމެ ފައިދާ ހުރިގޮތަށް ހުށަހަޅުއްވާފައިވާ ނިންމުންތަކެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA