ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2020 16:00

ނަންބަރު

7

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލް ކުއްޔަށްދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ. މި މައްސަލައިގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އިން ފާހަގަކުރައްވާފައިވާ ކަންތައްތައް: 1.1.1. ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމަށް ކުންފުނީގެ ބޯޑަކުން އެއްވެސް އިރެއްގައި މަޝްވަރާކުރެވި، ޓާރމިނަލް ޓީއެމްއޭއަށް ދިނުމަށް ނިންމާފައިނުވާކަމާއި، ނަމަވެސް އެމްއޭސީއެލްގެ އެތެރޭގައި ސީޕްލޭން ޓަރމިނަލް އަމިއްލައަށް ހިންގުމުގެ ޤާބިލުކަން ނެތެމުން، ސީޕްލޭން ޓަރމިނަލް ހިންގުމަށް ޓީއެމްއޭއާއެކު މަޝްވަރާތަކެއް ކުރެވިފައިވާކަމަށް؛ 1.1.2. ކުންފުނީގެ ބޯޑުން 25 ނޮވެމްބަރު 2017 ގައި، ސީޕްލޭން ޓަރމިނަލް ކުއްޔަށްދެވޭނެ އެންމެ ކުޑައަގަކީ އަކަމީޓާރ 10.35 (ދިހެއް ޕޮއިންޓް ތިނެއް ފަހެއް) ޔޫއެސް ޑޮލަރުކަމަށް ނިންމާފައިވާކަމަށް، ނަމަވެސް ކުއްޔަށް ދެވޭނެ މުއްދަތެއް ބޯޑުގައި މަޝްވަރާކުރެވިފައިނުވާކަމާއި، 15 އަހަރަށް ސީޕްލޭން ޓަރމިނަލް ޓީއެމްއޭއަށް ދިނުމަށް އެއްވެސް ވަރަކަށް މަޝްވަރާކުރެވިފައިނުވާކަމަށް؛ 1.1.3. ސީޕްލޭން ޓަރމިނަލް ކުންފުނިން ހިންގުމުން ލިބޭނެ އާމްދަނީގެ އަންދާޒާއެއް ހަދާފައިނުވާކަމަށް؛ 1.1.4. ކުންފުނީގެ އުޞޫލު (ކޮމްޕެނީ ޕްރޮސީޖަރ) ގައިވާގޮތުން ކުންފުނީގެ މެނޭޖުމަންޓަށް ވިޔަފާރީގެ އުޞޫލުން ބިން ނުވަތަ އެހެނިހެން ފެސިލިޓީސް ކުއްޔަށް ދިނުމާމެދު މަޝްވަރާކުރެވިދާނެކަމަށާއި، ނަމަވެސް އެއްވެސް ކަމެއްގައި އެގްރީމެންޓަކަށް ދެވޭނީ ކުންފުނީގެ ބޯޑުން ފާސްކޮށް، ބޯޑުގެ ރިސޮލިއުޝަނަކާއެކުގައިކަމަށް؛ 1.1.5. ކުންފުނީގެ ޖެނެރަލް މެނޭޖަރ ކޮމާޝަލް، އަލްފާޟިލް ހުސެއިން ފަޒީލު ޓީއެމްއޭ އާއެކު ކޮށްފައިވާ ނެގޯސިއޭޝަން ސިޓީތަކަކީ ޤާނޫނީ ގޮތުން ބަދެވިފައިވާ އެއްބަސްވުންތަކެއްކަމަށް ނުބެލެވޭކަމަށް؛ އަދި މި މުޢާމަލާތްތައް ކޮށްފައިވަނީ ބޯޑުގެ ލަފާގެމަތިން ނޫންކަމަށް؛ 1.1.6. އައު ސީލްޕޭން ޓަރމިނަލް ފަރުމާކޮށް ހެދުމުގައި ޓީއެމްއޭގެ ފަންނީ ލަފާހޯދައިފައިވާކަމަށާއި، އެގޮތަށް އެލަފާ ހޯދާފައިވަނީ އެމްއޭސީއެލްއިން މީގެކުރުން ސީޕްލޭން ޓަރމިނަލް އެއް އިމާރާތްކޮށް ހިންގާފައިނުވާތީކަމަށް؛ 1.1.7. ސީޕްލޭން ޓަރމިނަލްގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާކަމާއި، އަދި މި ރިޕޯޓު ނިމުމުން އިޙުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅިގެންދާނެކަމަށް؛ އަދި 1.1.8. އައު ސީޕްލޭން ޓަރމިނަލް އިން އޮޕްރޭޓަރުންނަށް ޖާގަ ކުއްޔަށް ދޫކުރުމާއި ލައުންޖުތައް ހިންގުމަށް ވާދަވެރި އުޞޫލުން އިޢުލާންކޮށްގެން ކުރިޔަށް ދިޔުމާއި މެދު ކުންފުނީގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސާއެކު މަޝްވަރާކުރިޔަށް ގެންދަވާކަމާއި، އަދި މިނިސްޓްރީ އޮފް ފިނޭންސުން ދެއްވާފައިވާ ލަފައާއެއްގޮތަކަށް މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA