ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

9 މާރިޗު 2022 11:00

ނަންބަރު

3

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2022 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ލިބިފައިވާ ސިޓީތަކާއި ގުޅޭ ގޮތުން ގޮތެއް ނިންމެވުމެވެ. އެގޮތުން؛ 1. އެމް.ވީ.ކޭ މޯލްޑިވްސްގެ ފަރާތުން ފޮނުއްވާފައިވާ މައްސަލަ؛ މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. 2. އެންޓި- ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް އިޖާބަދީފައިވީ ނަމަވެސް، 28 ފެބްރުވަރީ 2022 ގައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި އެ ފަރާތުގެ ނަން ހިމެނިފައިނުވާތީ، އެޤާނޫނުގެ ދަށުން ލިބެންޖެހޭ ޙައްޤެއް ނިގުޅައިގަނެފައިވާކަން ބަޔާންކޮށް އެ މައްސަލަ ބަލާދެއްވުމަށް އެދި އަމިއްލަ ފަރާތަކުން ފޮނުވާފައިވާ މައްސަލަ؛ މި މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ. 3. ފ. ނިލަންދޫގެ ރައްޔިރުންނަށް ސާފު ބޯފެނާއި އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްފައި ނުވާތީ، އެމައްސަލަ ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލަ؛ މިމައްސަލައާއި ގުޅިގެން އަދި އައްޑޫ ސިޓީގެ ހިތަދޫ އަވަށުގެ ނަރުދަމާއާ ގުޅޭގޮތުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މައުލޫމަތު ސާފުކުރުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
2 މާރިޗު 2022 - އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
1 މާރިޗު 2022 - އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ
16 ފެބްރުއަރީ 2022 - އަމިއްލަ ފަރާތްތަކުން / ކުންފުނިތަކުން ފޮނުވާ ސިޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA