ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

31 މޭ 2022 11:00

ނަންބަރު

6

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2022 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރަކު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހޯދިފައިވާ މަޢުލޫމާތުތައް ދިރާސާކުރުމެވެ. މިގޮތުން 23 ފެބުރުވަރީ 2022 ވަނަ ދުވަހު ބޭއްވި މި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއާ ޙިއްޞާކޮށްދެއްވުމަށް އެދިފައިވާ މަޢުލޫމާތުގެ ތެރެއިން ބައެއް މަޢުލޫމާތު ހިމެނިފައި ނުވާތީ، އެ މަޢުލޫމާތު ހޯއްދެވުމަށް އެ އޮތޯރިޓީއަށް ސިޓީ ފޮނުއްވުމަށް ނިންމަވައި ކޮމިޓީގެ ބައްދަލުވުން ނިންމާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
14 ފެބްރުއަރީ 2022 - ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާގުޅޭ މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA