ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

13 ޖޫން 2022 12:30

ނަންބަރު

10

މާލިއްޔަތު ކޮމިޓީގެ 2022 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. އަދި ދައުލަތުގެ ދަރަނި އަދި އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް އެ ބޭފުޅުން ޖަވާބު އެރުވިއެވެ. އެގޮތުން ދައުލަތުގެ ޖުމްލަ ދަރަނީގެ ޢަދަދާއި، މިއަހަރުގެ މިހާތަނަށް ދައްކާފައިވާ ލޯނު ރީޕޭމަންޓްގެ ޢަދަދާއި، މިއަހަރު އިތުރަށް ދައްކަންޖެހޭ ލޯނު ރީޕޭމަންޓްގެ ޢަދަދާއި، ދައުލަތުގެ ނެޓް ރިޒާވްގައި މިއަހަރުގެ ނިޔަލަށް ހުންނާނެކަމަށް ލަފާކުރެވޭ ޢަދަދުތައް އެ ބޭފުޅުން ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން، 2026 ވަނަ އަހަރު ލޯނު ރީޕޭމަންޓްގެ ގޮތުގައި ބޮޑު ޢަދަދެއް ދައްކަންޖެހޭކަމަށާއި، އެކަމަށް ތައްޔާރުވުމުގެ ގޮތުން ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒު ކުރަމުންދާނެކަމަށާއި، މިއަހަރު އިންފްލޭޝަން ރޭޓް ހުންނާނެކަމަށް ލަފާކުރި ރޭޓަށްވުރެ ބޮޑުވާނެކަމަށް އަންދާޒާކުރެވޭކަމަށް އެ ބޭފުޅުން މަޢުލޫމާތު ދެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA