ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

14 ޖޫން 2022 12:30

ނަންބަރު

22

އިޤްތިޞާދީ ކޮމިޓީގެ 2022 ވަނަ އަހަރުގެ 22 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، - ބިލުގެ 8 ވަނަ މާއްދާގެ ގޮތުގައި، ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (މ) ގެ (7) ވަނަ ނަންބަރާއި، 8 ވަނަ ނަންބަރު އިޞްލާޙުކޮށް، އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރާތީ، އެގޮތަށް ފާސްވީކަމަށް ނިންމިއެވެ. - އިޞްލާހުގެނެވޭ ބިލުން ޤާނޫނުގެ ފެސިލިޓީ ކްލެސިފިކޭޝަނަށް ގެނެވޭ ބަދަލާއެކު އިންތިޤާލީ އިންތިޒާމެއް ހަމަޖެއްސުމަށް ހުއްދަ ބަދަލުކުރުމަށް 12 (ބާރަ) މަސްދުވަސް ލިބިދެވޭ ގޮތަށް އިންތިޤާލީ މާއްދާއެއް އިތުރުކުރެއްވުމަށް އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރާތީ، އެގޮތަށް އެ މާއްދާތައް ފާސްވީކަމަށް ނިންމިއެވެ. އެއަށްފަހު، ކޮމިޓީން ބިލަށް ގެނައި އިޞްލާޙުތަކާއެކު ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަޢްލަބިއްޔަތުން ((6/8 ބިލު ފާސްކުރިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
20 އޭޕްރީލު 2022 - ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA