ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

12 ޖޫން 2019 12:15

ނަންބަރު

2

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ ހިންގުމުގެ ގަވާއިދު ފާސްކުރެއްވުމެވެ. އެގޮތުން، ގަވާއިދުގެ 5 އަދި 15 ވަނަ މާއްދާ ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ބަދަލުކުރެއްވުމަށްފަހު، ގަވާއިދު ފާސްކުރެއްވުމަށް، ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. 5 ވަނަ މާއްދާ: ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 124 ވަނަ މާއްދާގެ ދަށުން މިކޮމިޓީއަށް ކަނޑައަޅާ ޤާނޫނީ ޢަދަދަކީ ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ތެރެއިން މަދުވެގެން 5 (ފަހެއް) މެމްބަރުން ކަމަށާއި ކޮމިޓީން ކަމެއް ފާސްކުރެވޭނީ ކޮމިޓީގެ 7 (ހަތެއް) މެމްބަރުން ޙާޟިރުވެފައިވާ ޖަލްސާތަކުގައެވެ. 15 ވަނަ މާއްދާ: ކޮމިޓީގެ ބޭނުމަށް ނުވަތަ ކޮމިޓިއަށް ހުށަހެޅިފައިވާ ކަމަކާ ގުޅެގޮތުން މަޢުލޫމާތު ސާފުކުރުމަށްޓަކައި ލިޔުމުން މަޢުލޫމާތު ދިނުމަށާއި ގުޅުންހުރި ލިޔުންތައް ފޮނުވުމަށް ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި އިދާރާތަކަށް ކޮމިޓީން އެންގިދާނެއެވެ. މިފަދަ އެންގުމަކަށް އެފަރާތްތަކަށް 07 (ހަތެއް) ދުވަހުގެތެރޭގައި އިޖާބަ ދޭންޖެހޭނެއެވެ. އެއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، 3 ހުށަހެޅުމެއް ހުށަހެޅުނެވެ. އެއީ: 1. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ބައްދަލުކުރެއްވުން (ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވައި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ތާޢީދުކުރައްވާފައިވާ ހުށަހެޅުއްވުން)- ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. 2. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބިޒްނަސް ޑިވެލޮޕްމަންޓް ޕްލޭން (ކުންފުނީގެ ކީ ޕަރފޯމަންސް އިންޑިކޭޓާސް ހިމެނޭ ގޮތަށް)، ކުންފުނީގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭން (ރިޑަންޑަންސީ ޕްލޭންސް ހިމެނޭގޮތަށް)، ކުންފުނީގެ އޮޑިޓް ކުރެވިފައިވާ ފައިނޭންޝިއަލް ސްޓޭޓްމަންޓްސް (2016، 2017 އަދި 2018 ވަނަ އަހަރު ހިމެނޭގޮތަށް) އަދި ކުންފުނީގެ ޕްރޮކިއުމަންޓް ޕްރޮސީޖަރގެ މަޢުލޫމާތު ހޯއްދެވުމަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް. (ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ތާޢީދުކުރައްވާފައިވާ ހުށަހެޅުއްވުން)- 6 މެންބަރުންގެ ވޯޓުން ފާސް ވިއެވެ. 3. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ބައްދަލުކުރެއްވުމަށް ޝެޑިއުލްއެއް އެކުލަވާލެއްވުމަށް. އެގޮތުން ހަފްތާއަކު 3 ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުންނާއި ބައްދަލުކުރައްވައި ކުންފުނީގެ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް. (ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ހުށަހަޅުއްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާޢީދުކުރައްވާފައިވާ ހުށަހެޅުއްވުން)- ކޮމިޓީގައި ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA