ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

31 އޮކްޓޯބަރު 2022 12:30

ނަންބަރު

32

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2022 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީގެ މެންބަރުން ހުށަހަޅާ ކަންކަން ކޮމިޓީއަށް ހުށަހެޅުމެވެ. އެގޮތުން ކޮމިޓީގެ މެންބަރުންނަށް ހުށަހަޅުއްވަން ބޭނުންފުޅުވާ ކަންކަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤު ހުށަހަޅުއްވާފައިވަނީ؛ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގަވާއިދު ނަންބަރު 2022/R-1 (ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު) އަށް އެ ކޮމިޝަނުން 2022 ވަނަ އަހަރު ގެންނެވި އިޞްލާޙުތަކަށް ބަލާއިރު، ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި، ރީބްރޯޑްކާސްޓްކުރުމަށް އެދޭ ފަރާތަކީ %100 (ސައްތަ އިންސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏެއް ކަމުގައި ވާންވާނެކަމަށް ބަޔާންކޮށްފައިވުމުން މިހާރު ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށް ލައިސަންސް އާކުރުމުގެ ފުރުޞަތު ގެއްލިގެންދާކަމަށާއި، އަދި އޭގެ ސަބަބުން ރީބްރޯޑްކާސްޓްކުރުން ހުއްޓާލަން ޖެހިދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުން ގެންދާތީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ އިސްލާޚު ގެންނަން ނިންމެވި ސަބަބާއި ބުނެވިދިޔަ މާއްދާ އިޞްލާޙުކުރުމުގައި ކަންހިނގާދިޔަ ގޮތުގެ މަޢުލޫމާތު ލިޔުމުން ސާފުކުރެއްވުމަށާއި، އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި އެ ކޮމިޝަނުގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
31 އޮކްޓޯބަރު 2022 - ކޮމިޓީގެ މެންބަރުން ހުށަހަޅާ ކަންކަން ހުށަހެޅުން.
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA