ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

19 އޮކްޓޯބަރު 2022 10:00

ނަންބަރު

20

2022 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލް އިބްރާހީމް ޝަހީބު، ހ.ޖެހޭވައި، ކިންގްޑަމް އޮފް ބޫޓާން، ފެޑަރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ނޭޕާލް އަދި ރިޕަބްލިކް އޮފް އަޒަރބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އެގޮތުން އަލްފާޟިލް އިބްރާހީމް ޝަހީބު އަކީ ކޮމިޓީން ކުރިން ރުހުން ދީފައިވާ ފަރާތެއްކަމުން އެ ފަރާތާ އިންޓަރވިއު ކުރުމާ ނުލައި ރުހުން ދިނުމަށް ދަނގެތި ދާއިރަގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅުއްވައި އިނގުރައީދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓައް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީން ރުހުން ދިނުމަށް ވަނީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA