ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

9 ޖުލައި 2019 14:00

ނަންބަރު

14

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

ިއަދުގެ ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަންގެ ޑިޕާޓްމަންޓްތަކުގެ ވެރިންގެ މުސާރަ ބޮޑުކޮށްފައިވާކަން ފާހަގަކުރައްވައި އެ ކުންފުނީގެ މުވައްޒަފުން ފޮނުއްވާފައިވާ ސިޓީ ގެ މައްސަލައާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް އައިލެންޑް އޭވިއޭޝަންގެ ބޭފުޅުން ޖަވާބުދެއްވިއެވެ. މިގޮތުން އައިލެންޑް އޭވިއޭޝަންގެ ބައެއް ސީނިއަރ ބޭފުޅުންގެ މުސާރަތައް އިންޑަސްޓްރީގެ މުސާރަތަކާ އެއްހަމަކުރުމަށް ބޮޑުކޮށްފައިވާކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި އާދައިގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިނުވަނީ ކުންފުނީގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ތިބިކަމަށް ބެލެވޭތީ، ކުންފުނީގެ އެޗް.އާރު އޮޑިޓެއް ކުރުމުގެ މަސައްކަތްކުރަމުން ދާތީކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި އެ އޮޑިޓް ނިމުނުހާ އަވަހަކަށް ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް މުރާޖަޢާކުރާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA