ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

10 މާރިޗު 2020 10:00

ނަންބަރު

15

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޕަބްލިކް އެކްސްޕެންޑިޗަރ އެންޑް ފައިނޭންޝަލް އެކައުންޓިބިލިޓީ (ޕެފާ) ސެލްފް އެސެސްމެންޓެއް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި އިޤްތިޞާދީ ކޮމީޓީއާ، މިނިސްޓްރީ އޮފް ފައިނޭންސުން ބައްދަލުކުރުމަށް ބޭނުންފުޅުވާތީ، އެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ. ޕަބްލިކް އެކްސްޕެންޑިޗަރ އެންޑް ފައިނޭންޝަލް އެކައުންޓިބިލިޓީ (ޕެފާ) ސެލްފް އެސެސްމެންޓާ ގުޅެގޮތުންނާއި އެ އެސެސްމަންޓް ހެދުމަށް ބޭނުންވާ މަޢުލޫމާތުތަކަކީ ކޮބައިކަން މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން ހިއްސާކުރެއްވިއެވެ. އެގޮތުން، އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކާއި ބަޖެޓްގެ މަޝްވަރާތައް ތާވަލުކުރުމުގައި ކޮމިޓީއިން ގެންގުޅުއްވާ އުޞޫލާއި އޮޑިޓް ރިޕޯޓް އަދި ބަޖެޓާގުޅޭ ގޮތުން ކޮމިޓީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމުގައި މިނިސްޓްރީގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA