ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

12 އޭޕްރީލު 2020 14:30

ނަންބަރު

23

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަރަމުންދާ ލޮޅުންތަކާއި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް މި ވަގުތު ކުރަމުންދާ ނޭދެވޭ އަސަރުތަކާއި، މުސްތަޤްބަލުގައި އިޤްތިޞާދަށް ލިބިދާނެކަމަށް ލަފާކުރެވޭ ގެއްލުންތައް ދެނެގަތުމަށާއި، ދިވެހިރާއްޖޭގެ އިޤްތިޞާދު ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓޫއަރިޒަމް އާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.އެގޮތުން ފާހަގަކުރެއްވި މުހިއްމު ނުކުތާތަކަކީ:  ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރިސޯޓުތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނާ ގުޅޭގޮތުން މޯލްޑީވްސް އެސޯސިއޭޝަން ފޮރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، ޓޫރިޒަމްއެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަދި އެހެނިހެންވެސް ސްޓޭކްހޯލްޑަރުންނާއެކު މިނިސްޓްރީން މަޝްވަރާތައް ކުރަމުންދާކަމަށް؛  މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދިޔަ އޮޑިޓަކުން މިހާރު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޢަދަދު ދެނެގަނެވިފައިވާކަމަށާއި، އެގޮތުން 37,138 (ތިރީސްހަތްހާސް އެއްސަތޭކަ ތިރީސްއަށެއް) ސްޓާފުން ޓޫރިޒަމް ދާއިރާގައި ޙަރަކާތްތެރިވާކަމަށާއި، އޭގެ ތެރެއިން 17,629 (ސަތާރަހާސް ހަސަތޭކަ ނަވާވީސް) ފަރާތަކީ ދިވެހިންކަމާއި 19,509 (ނަވާރަހާސް ފަސްސަތޭކަ ނުވައެއް) ފަރާތްތަކީ ބިދޭސީންކަމަށް؛  ރިޒޯޓުތަކުން މުވައްޒަފުންނާމެދު ޢަމަލުކުރަމުންދާގޮތާ ގުޅިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީ، އަދި މިނިސްޓްރީއަށް ރިޕޯޓްކުރާ އެހެން ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކުރަމުންދާކަމަށާއި، އެކަންކަން މިނިސްޓްރީން ބަލާނެކަމަށާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް 3 (ތިނެއް) މަސްދުވަހުގެ އަސާސީ މުސާރަ ދިނުމަށް ނިންމާފައިވާކަމަށް؛  ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ހީނަރުވިޔަ ނުދިނުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ކުރެވިދާނެ ކަންކަމާއި، އަލުން ފަތުރުވެރިކަން ކިކްސްޓާޓް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓްރީން ދިރާސާކުރައްވަމުންދާކަމަށާއި، އެ ދިރާސާ ނިމުމުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރާނެކަމަށް؛  ފަތުރުވެރިކަމުގެ ޞިނާޢަތަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީން މަސައްކަތްކުރަމުންދާކަމަށާއި، ޓޫރިޒަމް މާސްޓަރ ޕްލޭން ނިމިގެންދާއިރު ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިމެނޭ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ލިބިގެންދާނެކަމަށް؛  ރިޒޯޓުތަކުން ދައްކަންޖެހޭ 2020 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރގެ (އެޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް) ހެޑް ލީސް ރެންޓު މަޢާފުކޮށްދިނުމަށްއެދި ބައެއް ރިޒޯޓުތަކުން ހުށަހަޅާފައިވާކަމަށާއި، އެކަމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ޖުމުލަ ނިންމުމެއް ސަރުކާރުން އިޢުލާނުކުރައްވާނެކަމަށް؛

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA