ކޮމިޓީގެ ނަން

އިޤްތިޞާދީ ކޮމިޓީ

ތާރީޚް

22 މޭ 2020 16:00

ނަންބަރު

31

އިޤްތިޞާދީ ކޮމިޓީގެ 2020 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެކުލަވާލާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" (އެމް.އެސް.ޓީ.ޖީ) ގެ ފުރަތަމަ ދެލިކޮޕީގެ މަސައްކަތެވެ.މިިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލެއްވި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" (MSTG) ގެ ފުރަތަމަ ދެލިކޮޕީގެ ބަދަލުގައި މިހާރު މަޝްވަރާކުރެވެމުންދަނީ ތިންވަނަ ދެލިކޮޕީއާމެދު ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމުން ދެއްވާފައިވާ މަޢުލޫމާތަށް ބިނާކޮށް މަޝްވަރާކުރުމަށްފަހު، ތިރީގައިވާ ހުށަހެޅުންތައް ހުށަހެޅި، އެ ވަގުތު ކޮމިޓީގައި ހާޒިރުވި ތިބި މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުންތައް ފާސްވިއެވެ. • ކޮމިޓީއަށް ފޮނުއްވާފައިވާ މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލައްވާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދާއި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރާއި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޙިއްޞާކުރައްވާފައިވާ ޚިޔާލުތައް ކޮމިޓީގެ ރިޕޯޓާއެކު އެއް ކަރުދާސްކުރުމަށްފަހު، އެ ޚިޔާލުތައް މިނިސްޓްރީ އޮފް ޓޫރިޒަމާ ޙިއްޞާކުރުމަށް؛ އަދި • ގައިޑްލައިން ފައިނަލްވެގެންދާއިރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ބޮލަކަށް ކޮންމެ ބެޑް ނައިޓްއަކަށް ޓޫރިޒަމް ކޮވިޑް ޓެކްސްގެ ގޮތުގައި، ކަމާގުޅޭ ޤާނޫނުގެ ދަށުން، 08 (އަށެއް) އެމެރިކާ ޑޮލަރު ނެގުމަށް ސަރުކާރަށް ހުށަހެޅުމަށް؛ މި ތިން ހުށަހެޅުން ތެރެއިން ފުރަތަމަ ދެ ހުށަހެޅުމަކީ އެއް ހުށަހެޅުމެއްގެ ގޮތުގައި ވޯޓައް އެހޭނެ ހުށަހަޅުމެއް ކަމަށް ކޮމިޓީގެ އިއްތިފާޤުން ނިންމަވައި، ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ހުށަހެޅުންވަނީ ކޮމިޓީގެ އަޢްލަބިއްޔަތުން ފާސްވެފައެވެ. އެއަށްފަހު މިއަދުގެ ބައްދަލުވުން ނިންމަވައިލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA